ދިވެހިރާއްޖެ
އިޢުލާން
ތިރީގައިވ ކޯޒްވޭ ހެދުމުގެ މަޝްރޫޢުތަކަށް ޑިޒައިން ކުރުމުގެ މަސައްކަތާއި އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ލޮޓް 1
- ލ. ކުނަހަންދޫ- ލ. މެންދޫ ކޯޒްވޭ
- ލ. ކަލައިދޫ- ލ. ދަނބިދޫ ކޯޒްވޭ
- ލ. ހިތާދޫ- ލ. މެންދޫ ކޯޒްވޭ
ލޮޓް 2
- ތ. ވޭމަންޑޫ- ތ. ކިނބިދޫ ކޯޒްވޭ
ލޮޓް 3
- މ. މުލި- މ. ނާލާފުށި ކޯޒްވޭ
ޝައުގުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ބެހޭ މަޢުލޫމާތު ޝީޓް މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބިވަޑައިގަންނަވާނެކަމުގައި ދަންނަވަމެވެ. އަދި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 10 ޖުލައި 2019 ވަނަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގައި އޮންނާނެކަމުގައި ދަންނަވަމެވެ.
މި މަސައްކަތާއި ބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް 17 ޖުލައި 2019 ވާ ބުދަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 300400 ފެކްސް:3004301
އީ-މެއިލް: [email protected]
08 ޖުލައި 2019