ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު
ޕްރޮމޯޝަނަލް ވީޑިއޯ ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ
ޕެންޝަން އޮފީހަށް ބޭނުންވާ ޕްރޮމޯޝަނަލް ވީޑިއޯތަކެއް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ފަރާތެއްކަމުގައި ނުވާނަމަ، އެފަދަ ފަރާތްތަކުގެ ޕްރޮޕޯސަލް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
އަންދާސީ ހިސާބު ބަލައިގަތުން:
ތާރީޚު: 22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
05 ޛުލްޤައިދާ 1440
08 ޖުލައި 2019