ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ދެވަނަ އިޢްލާން)
ހއ. އަތޮޅު މަދަރުސާގައި ތިރީގައި މި ދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދުމަށް 2019 ޖޫން 23 ގައި ކުރި މި މަދަރުސާގެ ނަމްބަރ: GS19-A/IUL/2019/33 ގެ އިޢްލާނާގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތައް 3 ފަރާތަށްވުރެ މަދުވުމާއި، ހުށަހަޅާފައިވާ އަގުތައްވެސް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށްފެންނާތީ، 2 ވަނަ ފަހަރަށް އިޢްލާނުކުރުމަށް ނިންމަމެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޢްލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ބޭނުންފުޅުވާ ކޮންމެ މަސައްކަތަކަށްވެސް ވަކިން އަންދާސީ ހުޅަހެޅޭނެއެވެ.
- 13 ކުލާސްރޫމުގައި މުށިޖެހުން.
- މަލްޓިޕާޕަސް ހޯލަށް ބޭނުންވާ ދޮރުފޮތި ފެހުމާއި، ހަރުކުރުމަށް ބެނުންވާތަކެތި ފޯރުކޮށްދިނުން.
- މުވައްޒަފުން ބޭނުންކުރުމަށް 3 ފާޚާނާ ހެދުން
- ބްލޮކް 2 ގެ އަސްކަނި ސީލިންގ ކުރުން.
|
ތާރީޚް |
ގަޑި |
ތަން |
ނަން ނޯޓްކުރުން (ރަސްމީ ދުވަސްތަކުގެ) |
2019 ޖުލައި 09 ން 14 އަށް |
ހެނދުނު 9:30 ން މެންދުރު 1:30 އަށް |
ހއ. އަތޮޅު މަދަރުސާގެ އޮފީސް |
މަޢްލޫމާތު ސާފުކުރުން |
2019 ޖުލައި 15 |
ހެނދުނު: 11:30 |
ހއ. އަތޮޅު މަދަރުސާގެ އޮފީސް |
އަންދާސީ ހިސާބު ހުށަހެޅުން |
2019 ޖުލައި 25 |
ހެނދުނު: 11.30 |
ހއ. އަތޮޅު މަދަރުސާގެ އޮފީސް |
މަޢްލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ލިއުމުން އެކަން ހުށަހެޅުން އެދެމެވެ.
05 ޛުލްޤާޢިދާ 1440
08 ޖުލައި 2019