ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުުރުސަތު - އޮފީސް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

 (IUL)147-AIT/1/2019/09 : ނަންބަރު

ތާރީޚް: 08 ޖުލައި 2019 

މަޤާމް:

އޮފީސް އެސިސްޓެންޓް (އެސް.އެސް.2)

ބޭނުންވާ ޢަދަދު:

01

މުސާރަ:

  މަހަކު -/3470 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 2

ރޭންކް:

އެސް.އެސް 2

މަސައްކަތްކުރަންޖެހޭތަން:

   ޖުވެނައިލް ކޯޓު / މާލެ 

ސެކްޝަން:

އެޑްމިނިސްޓްރޭޓިވް ސެކްޝަން  (A)

މަޤާމުގެ އަސާސީ ޝަރުތު:

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛

1. ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ ސަނަދެއް ޙާޞިލްކޮށްފައިވުން،    ނުވަތަ

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާ އެކު، SS1 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު:

  • ސައިކަލް ދުއްވުމުގެ ލައިސަންސް އޮތުން. 
  • ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތުރަނގަޅު ފަރާތަކަށްވުން.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 70 ވަނަ މާއްދާގައި ބުނާފަދަ ގާތް ގުޅުމެއް، ކޯޓުގެ ޤާޟީންނާއި ނުވަތަ އިސްވެރިންނާ ނުވަތަ މުވައްޒަފުންނާ އޮތްމީހަކަށް ނުވުން.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:

  • ކޯޓުގައި ހިންގޭ ޝަރީޢަތްތަކާ ގުޅިގެން، އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ޗިޓާއި އަމުރުފަދަ ތަކެތި ހަވާލުކުރުމާއި، އެކިއެކި އޮފީސް/އިދާރާ ތަކަށާއި އަމިއްލަ ފަރާތްތަކަށް ކޯޓުން ފޮނުވަންޖެހޭ ސިޓީއާއި ނޯޓުފަދަ ތަކެތި އެފަރާތްތަކާ ހަވާލުކުރުން.
  • ކޯޓަށް ބޭނުންވާ މުދާ، ޕަރޗޭޒް އޯޑަރއާ އެއްގޮތަށް ފިހާރަތަކުން ނަގައި ކޯޓަށް ގެނައުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  މި މަޤާމަށް ހޮވޭފަރާތްތަކަށް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40 ލިބޭނެ.
  • ލިވިން އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ ލިބޭނެ.
  • ނައިޓް ކޯޓުގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން ނައިޓްކޯޓު އެލަވަންސް ލިބޭނެ.
  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން  އިތުރުގަޑީގެ ފައިސާ  ލިބޭނެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހެޅުމަށް އެފޯމުގައިބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (ޖުވެނައިލް ކޯޓު، މ. މާތިލަ) ފޯމު ހުށަހެޅުން އެދެމެވެ.

ސުންގަޑި:

2019 ޖުލައި 14 ވަނަ ދުވަހުގެ 12:00

އިތުރު މަޢުލޫމާތު:

-   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

-   ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

-   މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކާރު ދުއްވުމުގެ ލައިސަންންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-   ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެ ރިސެޕްޝަނުންނާއި  ވެބްސައިޓު http://www.juvenilecourt.gov.mv އިން ލިބެންހުންނާނެ.

08 ޖުލައި 2019
ހޯދާ