މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުން ހޯދުމަށް އެޖެންސީތަކުގެ ރެޖިސްޓްރީއެއް ހުޅުވާލުން:

                                                  ނަންބަރު:      MTCC-HRAD/IU/2019/109        

 

އިޢުލާން

 

ބިދޭސީ މުވައްޒަފުން ހޯދުމަށް އެޖެންސީތަކުގެ ރެޖިސްޓްރީއެއް ހުޅުވާލުން:

 

            މިކުންފުނީގެ މަސައްކަތަށް ބޭނުންވާ ބިދޭސީ މުވައްޒަފުން އެޖެންސީ މެދުވެރިކޮށް ރާއްޖެގެނައުމަށް މިފަދަ މަސައްކަތްކުރާ ތަންތަނުގެ ރެޖިސްޓްރީއެއް މިކުންފުނީގައި އެކުލަވާލުމަށް ބޭނުންވެއެވެ.

 

       ވީމާ، މި މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރި ތިރީގައި މިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން މި ރެޖިސްޓްރީގައި ނަން ނޯޓް ކުރެއްވުމަށް އެޖެންސީގެ ޕޯޓްފޯލިއޯއާއި އެކު، 08-15 ޖުލައި 2019 ގެ 08:00 ން 16:00  އާއި ދެމެދު މިކުންފުނީގެ ހިއުމަން ރިސޯރސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓަށް (އެމް.ޓީ.ސީ.ސީ ޓަވަރ – 2 ވަނަ ފަންގިފިލާ) ވަޑައިގެން ދެއްވުން އެދެމެވެ.  

 

ޝަރުތު :      ބިދޭސީން ގެނައުމުގެ ހުއްދަ އޮތުން. (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އަލަށް ނެރެފައިވާ ޤަވާޢިދާއި އެއް ގޮތަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ރެޖިސްޓްރީގައި ބްލެކް ލިސްޓްވެފައިވާ ފަރާތެއްކަމުގައި ނުވުން.

މި ކުންފުންޏަށް ބިދޭސީން ގެނައުމުގައި ކޮށްފައިވާ އެގްރީމެންޓާއި ޚިލާފުވުމާއި ގުޅިގެން ކުންފުނިން ބްލެކް ލިސްޓްކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.

 

                                 

                                  08 ޖުލައި 2019

08 ޖުލައި 2019
ހޯދާ