މަޤާމް
|
ހިއުމަން ރިސޯސް މެނޭޖަރ
|
ބޭނުންވާ ޢަދަދު
|
1
|
މުސާރަ
|
18,000.00 ރުފިޔާ
|
އެލަވަންސް
|
އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް
|
އޮފީސް
|
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
|
ޑިޕާރޓްމަންޓް
|
ހިއުމަން ރިސޯސް ޑިޕާރޓްމަންޓް
|
މަޤާމުގެ ކްލެސިފިކޭޝަން
|
ހެޑް އޮފް ހިއުމަން ރިސޯސް
|
މަޤާމުގެ ޝަރުތުތައް
|
- މަގާމުގެ މަސައްކަތައި ގުޅޭ ތަޢުލީމީ ރޮނގަކުން މަތީ ތައުލީމް ޙާސިލްކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- މިއެސޯސިއޭޝަންއާއި މިއެސޯސިއޭޝަންގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުމާއި، ބަދަލުކުރުމާއި، މިނޫންވެސް ވަޒީފާއާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- މިއެސޯސިއޭޝަންއާއި މިއެސޯސިއޭޝަންގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ މުވައްޒަފުންގެ ޑޭޓާތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒިފުންގެ ރަޖިސްޓްރީ އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން.
- ކުރަންޖެހޭ މަސައްކަތްތަކައި ގުޅިގެން ލިޔަންޖެހޭ ސިޓީ، މެމޯ ފަދަ ތަކެތި ލިޔުމާއި ފޮނުވުން.
- އޮފީހުގެ ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކާއި ސެކްޝަންތަކުގެ މަޝްވަރާއާއެކު މުޅި އޮފީހުގެ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި އެ ރިކުއަރމަންޓްއާ އެއްގޮތަށް މުވައްޒަފުން ތަމްރީން ކުރުމާއި ތަރައްޤީކުރުމުގެ ކަންތައްތައް ރާވާ ހިންގައި ބެލެއްހެޓުން.
- މުވައްޒަފުންނާއި ބެހޭ ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުން.
- މުވައްޒަފުން ހޯދުމަށާއި އެހެނިހެން ކަންކަމުގައި ކުރަންޖެހޭ އިޢުލާންތައް ކުރުން.
- މިއެސޯސިއޭޝަނަށް ހޯދާ މުވައްޒަފުންނަށް އިންޓަރވިޔު ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
- ދުވަހުން ދުވަހަށް ޙާޟިރީ އަޕްޑޭޓްކުރުމާއި، ސަލާމް އާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
- މުވައްޒަފުންގެ މުސާރަ ހެދުމާއި މުސާރަ ދިނުމަށް ކުރަންޖެހޭ ހުރިހާ ލިޔެކިއުންތައް ތައްޔާރުކުރުން.
- މުވައްޒަފުންގެ މެދުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި އަދި އެފަދަ ކަންކަމާ ގުޅިގެން ތައްޔާރު ކުރަންޖެހޭހުރިހާ ލިޔެކިއުންތައް ތައްޔާރުކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ 09:00 އިން 16:00 އަށެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚް
|
15 ޖުލައި 2019 މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އީމެއިލް ކޮށްދެއްވުން އެދެމެވެ. އީމެއިލް: [email protected]
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 9500107 ނަންބަރު ފޯނާއެވެ.
މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަނަށް ލިބިގެންވެއެވެ.
|