ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފަޔަރ ވެހިކަލްތަކުގެ ސްޕެއަރ ހޯދުމާބެހޭ

ކައްދޫ އެއަރޕޯޓްގައި ބޭނުންކުރާ ފަޔަރ ވެހިކަލްތަކަށް ބޭނުންވާ ބައެއް ސްޕެއަރޕާޓްސް ހޯދުމަށް މިކުންފުނިން ޝާއިޢުކުރި ނަންބަރު: (IUL)KACL-KDO/2019/02 އިޢުލާނާ ގުޅިގެން، އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލް ކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމަތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ 3011734 ނުވަތަ 6800704 ނަމްބަރާއި ގުޅުއްވުން އެދެމެވެ.

 

04 ޛުލްޤަޢިދާ 1440

07 ޖުލައި   2019

                

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް

މިނިސްޓްރީ އޮފް ޑިފެންސް

އަމީރު އަހުމަދު މަގު

މާލެ / ދިވެހިރާއްޖެ

ފޯން: 3011734

އީމެއިލް: [email protected]    ނުވަތަ [email protected]

07 ޖުލައި 2019
ހޯދާ