ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
1- ޕްރިންސިޕަލް ރޫމްގެ ގޮނޑި،މޭޒު ބަދަލްކޮށް އެރޭންޖްމަންޓް ބަދަލްކުރުން
2- ސްކޫލްގެ ލެބަށް 60 ޕްލާސްޓިކް ގޮނޑި ފޯރުކޮށްދިނުމާއި 25 މޭޒް މަރާމާތު ކުރުން
3- ސްކޫލް ހޯލް ލައިޓިންސިސްޓަމް ބަދަލުކުރުމަށް ބޭނުންވާ ތަކެތި އަދި ފަންކާ ފޯރުކޮށްދިނުން
4- ސްކޫލް އޮފީހުގަ ޕާޓިޝަން ޖެހުމާއި އެރޭންޖްމަންޓް ބަދަލްކުރުން
ވީމާ، މިދެންނެވި ތަކެތި ސްކޫލަށް ފޯރުކޮށްދީ އަދި އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖުލައި 7 އިން 15 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖުލައި 15ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖުލައި 16 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ޖުލައި 22 ވާ ހޯމަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.
ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ޖަލާލުއްދީން ސްކޫލް / ހދ.ކުޅުދުއްފުށި
- ފޯން: 6528815, 6528873
- އީ-މެއިލް: [email protected]
04 ޛުލްޤަޢިދާ 1440
07 ޖުލައި 2019