ދިވެހިރާއްޖެ
އިޢުލާން
އަންދާޞީ ހިސާބު ބޭނުންވެއްޖެ
މި ކައުންސިލްގެ ނަންބަރ (IUL)405-A/405/2019/20 ( 20 ޖޫން 2019 ) ދުވަހު ކޮށްފައިވާ އިޢުލާންއާއި ގުޅިގެން ހުށައަޅާފައިވާ ބިޑު އެކަށީގެންވާ އަގަށްވުރެ އަގު ބޮޑުވުމުގެ ސަބަބުން އިޢުލާން ބާޠިލްކުރުމަށްފަހު އިޢުލާން ކުރީމެވެ.
ލ.ކުނަހަންދޫގައި މީހުންދިރިއުޅޭ ސަރަޙައްދު މަގުތަކަށްއަރާ ގަސްތަށް ކޮށާ، އަދި މަގަށް އަރާ ތަކެތި ނަގާ ސާފު ކުރުމަށްބޭނުންވާތީ މި މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން 14 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެންމައުލޫމާތު ސާފުކުރުމަށްފަހު 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި ބަދައްގައި މީހަކު ފޮނުއްވާނަމަ އެކަންއެގޭނެ ފަދަ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ކުނަހަންދޫ ކައުންސިލްގެ ނަންބަރ : 9995970 އާއި އިޢުލާން ކުރީމެވެ.
ވީމާ ޢާއްމުކޮށް މިކަން އެންގެވުމަށްޓަކާ އިޢުލާން ކުރީމެވެ.
04 ޒުލްޤައިދާ 1440
07 ޖުލައި 2019