އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށީގެ ތަފްސީލް

ނަންބަރު: (A)CA-2019/198)

 

އިޢުލާން

           2019 ޖުލައި 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

މާލެ ސިޓީ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)، ޓްރެއިނިންގ ހޯލް ދެކުނު

މި ފޮށްޓަށް ވޯޓުލާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ ހއ، ހދ، ނ، ރ، ބ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޤާނޫނީ ވަކީލުންނެވެ.

މާލެ ސިޓީ-1

001

މާލެ ސިޓީ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)، ޓްރެއިނިންގ ހޯލް އުތުރު

މި ފޮށްޓަށް ވޯޓުލާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ ގދ، އައްޑޫ ސިޓީ (އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާ 003 ނަންބަރު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައި ނުވާ ފަރާތްތައް) އަދި މާލެ ސިޓީއަށް ނިސްބަތްވާ ޤާނޫނީ ވަކީލުންނެވެ.

މާލެ ސިޓީ-2

002

އައްޑޫ ސިޓީ ހިތަދޫ، ޝަރަފުއްދީން ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާ 003 ނަންބަރު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ޤާނޫނީ ވަކީލުންނެވެ.

އައްޑޫ ސިޓީ-1

003

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

2 ޛުލްޤަޢިދާ 1440

05 ޖުލައި 2019
ހޯދާ