ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރާންއަލިކަލޭގެމަގު ސާފްކުރުމާއި ގުޅޭ

މާލެގަމުން ފުނާޑަށް ހަދާފައިވާ މަގު (ކަރާންއަލިކަލޭގެމަގު) މަގުގެ ދެފަރާތުގައި ބައެއް ފަރާތްތަކުން ޤަވާއިދާއި ޚިލާފަށް ރުއްގަސް އިންދާ ހައްދާފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިމަގުގެ 30 ފޫޓް ވަނީ ދެފަރާތުން ހޭރިޖަހައި ފާހަގަކޮށްފައެވެ.

ވީމާ، މިދެންނެވި ސަރަޙައްދުގައި ޤަވާއިދާއި ޚިލާފަށް އިންދާ ހައްދާފައިވާ ރުއްގަސްތައް 7 ދުވަހުގެ ތެރޭގައި ނަންގަވާ ސާފްކުރުމަށް ޢާންމުކޮށްއަންގާ އިޢުލާންކުރަމެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ނުނަންގަވައި ހުންނަ ތަކެތި މިކައުންސިލް މެދުވެރިކޮށް ނަގާ އެމަގު ސާފުކުރާނެ ވާހަކަ ދެންނެވީމެވެ.

04 ޖުލައި 2019
ހޯދާ