ދިވެހިރާއްޖެ
ނޫމަރާ ސްކޫލް
ނޫމަރާ ދިވެހިރާއްޖެ ނަންބަރު: GS102/IUL/2019/21
އިޢުލާނު
ވަޒީފާގެ ފުރުޞަތު
|
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް: |
J-293775 |
މަޤާމުގެ ނަންބަރު: |
01 (އެކެއް) |
ބޭނުންވާ އަދަދު: |
ދާއިމީ |
މަޤާމުގެ ގިންތި: |
ޖީ.އެސް 3 |
މަޤާމުގެ ރޭންކް: |
އޮފިސަރ ގުރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެޑްމިން |
ސެކްޝަން: |
ނޫމަރާ ސުކޫލު |
މަޤާމް އޮތް އޮފީސް: |
ނޫމަރާ ސުކޫލު / ށ.ނޫމަރާ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
-/4،465 ރުފިޔާ |
މުސާރަ: |
-/1500 ރުފިޔާ -/700 ރުފިޔާ |
ސަރވިސް އެލެވަންސް: ޓެކްނިކަލް ކޯ އެލަވަންސް: |
|
އިތުރު ޢިނާޔަތްތައް: |
1.މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ގައި ގަޑީލާރި ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓްސެކްޝަނާއި ޙަވާލުކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި ޗުއްޓީ ހުއްދަ ތައްޔާރު ކުރުން. 2 މުވައްޒަފުންގެ ވަޒީފާއާއި ގުޅިގެން ލިޔަންޖެހޭ ސިޓީ ، މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުން.އަދި ސްކޫލަށް ބޭނުންވާ މަޤާމްތައް އުފެއްދުމަށާ އިޢުލާން ކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ފޮނުވަށާއި މަޤާމްތަކަށް އިޢުލާންކޮށް މުއްދަތު ހަމަވުމުން އިންޓަރވިއު ފޯމްތައް ތައްޔާރުކޮށް ، އިންޓަރވިއު ނިމުމުން ވަޒީފާ ހަމެއްސުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ތަޢުލީމާބެހޭ ޔުނިޓަށް ފޮނުވުން. 3. ސްކޫލްގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން. 4. ސްކޫލްގެ ހުރިހާ ޢިމާރާތެއްގެ ތަޅުދަނޑިއާއި މުވައްޒަފުންގެ ކަބަޑު ތަކުގެ ތަޅުދަނޑިތައް، މުވައްޒަފުންނަށް ދޫކުރުމާއި ބެލެހެއްޓުން. 5. މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. މިގޮތުގެ މަތިން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް، ޗިޓުގައިވާ ގޮތަށް ރަޖިސްޓްރީގައިލިޔެ ފުރިހަމަކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތުތަކުން ޝަރުތެއްފުރިހަމަވުން.
ނުވަތަ
ނުވަތަ . 1 ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ ޝަރުޠުތައް: |
ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމުގެ ކޮޕީ ހުށައެޅުމުންނެވެ. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދޭ ފޯމް ނޫމަރާ ސުކޫލުގެ އެޑްމިން ސެކްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތިހުށަހަޅާނީ 2019 ޖުލައި 15 ވާ ( ހޯމަ ) ދުވަހުގެ 14:00 ގެ ކުރިން، ނޫމަރާ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ- މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2019 ޖުލައި 18 އާއި 20 އާއި ދެމެދު ނޫމަރާ ސްކޫލް ގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
%45 |
މަޤާމަށް މީހުން ހޮވުމަށްކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540583 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
01 ޛުލްޤައިދާ 1440
04 ޖުލައި 2019