މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް

   ށ.ފޭދޫ މެޖިސްޓްރޭޓް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް ށ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަމްބަރ C15C-A/2019/07 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުޞަޠު ހުޅުވާލަމެވެ.

   ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖުލައި 2019 ދުވަހުގެ 11:00 ށ.ފޭދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖުލައި 2019 ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން ށ.ފޭދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ.

   މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

            04 ޖުލައި 2019

04 ޖުލައި 2019
ހޯދާ