ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345262 (960)
ނަންބަރ: 153-FHTS-2019-15
އިޢުލާން
މި ފެކަލްޓީގެ ޕޭސްޓްރީ ބަދިގެ އޭސީ ކުރުމުގެ ގޮތުން އެތަނަށް އޭސީ ގަތުމާއި އަދި ހަރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ތިރީސް (30) ދުވަހުގެ މުއްދަތުގެ ތެރޭގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތްތަކުގެ ތަފްސީލާއި އިތުރު މަޢުލޫމާތުތައް އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، އެޓޭޗްކުރެވިފައިވާ މަޢުލޫމާތުތައް ރަނގަޅަށް ބެއްލެވުމަށްފަހު، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 11 ޖުލައި 2019 ވަނަ ދުވަހުގެ 09:00 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑިޒް (ޔުނިވަރސިޓީ ދަރިވަރުންގެ ދަނާލު ކުރިމަތި) އަށް ވަޑައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޖުލައި 2019 ވަނަ ދުވަހުގެ 09:00 އަށް މި ފެކަލްޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.