މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރާ އެމަޖެންސީ މެޑިކަލް ސަރވިސަސްގެ އިމާރާތުގެ އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

 

       ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރާ އެމަޖެންސީ މެޑިކަލް ސަރވިސަސްގެ އިމާރާތުގެ އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

       މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން 13:30 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 11 ޖުލައި 2019 ވާ ދުވަހު ބުރާސްފަތި 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

      މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

30 ޝައްވާލް 1440

03 ޖުލައި 2019
ހޯދާ