ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން
ފުވައްމުލަކު އިންޖީނުގެ ބަދަލުކުރުމަށް ދޫނޑިގަމުން ކަނޑައަޅާފައިވާ ދަށިއަޑިއެ މަގާއި އިންވެގެން ބޯޓުޔާޑު ބިމުގެ އުތުރުން އުރީދޫ ބިމާއި އިންވެގެން އޮތް 80,000 އަކަފޫޓްގެ ސަރަޙައްދުގައި ނަމްބަރު ޖަހާފައިވާ ތިރީގައި މިދަންނަވާ ތަކެތީގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.
- 01 އިން 44 އަށް އަދި 46 އިން 83 އަށް ނަމްބަރު ޖަހާފައިވާ ދިވެހި ރުއްތައް
- ނަމްބަރު 45 ޖަހާފައިވާ ޖާފާނު ރުއް
- ނަމްބަރު 84 ޖަހާފައިވާ ނިކަގަސް
- 85 އިން 127 އަށް ނަމްބަރު ޖަހާފައިވާ ފުނަގަސްތައް
ވީމާ، މިރުއްގަހުގެ ވެރިފަރާތެއް ވާނަމަ 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކާއެކު ރުއްގަސްތައް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އާންމު ޙިދުމަތްތަކާއި ބެހޭބަޔަށް ހުށަހެޅުއްވުން އެދެމެވެ.
03 ޖުލައި 2019
ހޯދާ