މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހުރާ ރައްޔިތުންގެ އިންޖީނުގެއަށް އައު ޖަނަރޭޓަރެއް ގަތުމާގުޅޭ

ކ.ހުރާ ރައްޔިތުންގެ އިންޖީނުގެއަށް އައު ޖަނަރޭޓަރެއް ގަތުމާގުޅޭ

ކ.ހުރާ ރައްޔިތުންގެ އިންޖީނުގެއަށް 1000 ކޭ.ވީ.އޭގެ ކަމިންސް ޖަނަރޭޓަރެއް (ބްރޭންޑް ނިއު ޖަނަރޭޓަރެއް) ގަތުމަށް ކުރެވުނު ނަންބަރު (IUL)334/334/2019/33  އިއުލާނުގައި އިދާރީ މައްސަލަ ތަކެއް ހުރުމުން އެއިއުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، ޖަނަރޭޓަރ ވިއްކަން ބޭނުންވާ ފަރާތްތަކުން 09 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 12:15 އަށް މި ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 12:15 ގައި މި ކައުންސިލް އިދާރާއަށް ދުރުވެ ބިޑު ހުށައެޅުއްވުން އެދެމެވެ. މަޢްލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑު ހުށައެޅުމުގައި ބައިވެރި ނުވެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6640074 ނުވަތަ 7993018 ފޯނާއި ގުޅުއްވުން އެދެމެވެ.

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           30 ޝައްވާލް 1440

           3  ޖުލައި   2019

03 ޖުލައި 2019
ހޯދާ