ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މި އިންސްޓިޓިއުޓަށް 7 ކޮމްޕިއުޓަރ ސިސްޓަމް ވިއްކުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)451-FP/1/2019/12 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތުމުން 07 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް އަލުން އިޢުލާން ކުރީމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެއެވެ.
- މި ޕްރޮޖެކްޓްގައި ބައިވެރިވަން އެދޭ ފަރާތްތަކުން 2019 ޖުލައި 04 އިން ފެށިގެން 2019 ޖުލައި 08 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި އިންސްޓިޓިއުޓްގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓު އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ 2019 ޖުލައި 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީ މެއިލްއަށް ފޮނުއްވައި ދެއްވުން އެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޖުލައި 11 ވަނަ ދުވަހު 11:00ގައި ޤާޒީބިލްޑިންގ 2ވަނަ ފަންގި ފިލާގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާންއާއެކު އެޓޭޗްކުރެވިފައިވާނެއެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
އަމީރުއަޙުމަދު މަގު، މާލެ، ދިވެހިރާއްޖެ.
އީ.މެއިލް: [email protected]
ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511
ނަމްބަރ ފޯނާއެވެ.
03 ޖުލައި 2019
ހޯދާ