ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަރާމާތު ކުރުމަށް (ބީލަން ހުށައެޅުމުގެ ދައުވަތު)
h
ކުނަހަންދޫ ސްކޫލު ނަމްބަރ: GS-184/IUL/2019/23
ލ.ކުނަހަންދޫ / ދިވެހިރާއްޖެ ތާރީޚް: 03 ޖުލައި 2019
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސުކޫލުގެ ޢިމާރާތްތަކުގެ ކުޑަދޮރުތަކާއި ބޮޑުދޮރުތަކައި ދޮރުފަތްތަށް، އަދި ހޯލްހިމެނޭ ޢިމާރާތުގެ 2 ޕާޓިޝަން އަމިއްލަތަކެތީގައި ހަދައި، ހަރުކޮށްދޭނެފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 ޖުލައި 2019 އިން 09 ޖުލައި 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ކުނަހަންދޫ ސުކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ޖުލައި 2019 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 14 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި މި ސުކޫލުގެ އޮފީހުގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ސުކޫލުގެ އޮފީހުގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަމަށް ނަންނޯޓު ނުކުރާފަރާތްތަކަށް މަސައްކަތާބެހޭ މަޢުލޫމަތުދިނުމުގެ ޝެސަނުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ޝެސަނަށް ޙާޟިރު ނުވާ ފަރާތަކަށް ބިޑު ހުށައެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި، ފޮނުވާފަރާތުގެ އައިޑީކާޑު ބޭނުންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ކުނަހަންދޫ ސުކޫލު / ލ. ކުނަހަންދޫ
- ފޯން: 6800744
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
03 ޖުލައި 2019
ހޯދާ