މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު:   IUL)25-A5/25/2019/14)

ވަޒީފާގެ ފުރުޞަތު

މިމިނިސްޓްރީގެ މަޤާމްތަކަށް މުވައްޒަފުން ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ: IUL)25-A5/25/2019/13) (ތާރީޚް: 23 ޖޫން 2019) އިޢުލާން ބާތިލް ކުރުމަށްފަހު މަޤާމްތަކަށް މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މަޤާމް: ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ:6,295.00  ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 900.00 ރ.

ނުވަތަ

ޓެކްނިކަލް ކޯ : މުސާރައިގެ 28%

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު:  J-297369

ބޭނުންވާ އަދަދު: 1

މަޤާމު އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ހިއުމަން ރައިޓްސް އެންޑް ލީގަލް ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-     އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ބައިނަލްއަޤްވާމި މަޝްރަހުގައި ރާއްޖޭން ކުރާ މަސައްކަތްތައް ވިލަރެސްކޮށް، ހިންގުން. މިގޮތުން އެޗް.އާރ.ސީ ސެޝަންތަކުގައި ރާއްޖެ ބައިވެރިވުމަށްކުރަންޖެހޭ ލޮޖިސްޓިކަލް އެރޭންޖްމަންޓްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިއުން

2-     އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖޭން ގެންގުޅޭ ސިޔާސަތުތައް، އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހާއި އދ. ގެ އެހެނިހެން ޖަލްސާތަކުގައާއި، ބައިނަލްއަގްވާމީ އެކިއެކި ޖަލްސާތަކުގައި ހާމަކޮށް، ރާއްޖޭގެ އަޑުއުފުލައި ވަކާލާތު ކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ޕޮޒިޝަން ޕޭޕަރ އަށް ބޭނުންވާ މައުލޫމާތު މަސްއޫލުވެރި އިދާރާތަކުން ހޯދައި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ޕޭޕަރ ތައްޔާރުކުރުން 

3-     ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާބެހޭ މައުލޫމާތު އެއްކުރުން

4-     މުޢާހަދާތަކުގައި ރާއްޖޭންބައިވެރިވުމާގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، މިނިސްޓްރީން ތައްޔާރުކުރަންޖެހޭ ކަރުދާސްތައް ތައްޔާރުކުރުމާއި، މުއާހަދާތަކުގެ ދަށުން ދައުލަތުން އުފުލަންޖެހޭ ޒިންމާތަކާއި ދައުލަތަށް ލިބިދޭ ހައްގުތަކާ ބެހޭގޮތުން ދައުލަތުގެ އެކި އިދާރާތަކާއެކު ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.

5-     ސްޕެޝަލް ރެޕަޓުއަރ ފަދަ ޑިވިޜަނާއިގުޅިގެން ރާއްޖެއަށް ޒިޔާރަތަކުރާ ބޭބޭފުޅުންގެ ދަތުރުގެ ހުރިހާކަމެއް ބަލަހައްޓައި މޮނިޓަރކުރުން

6-     ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާ ޤަރާރުތަކާއި ޕޮޒިޝަންތަކާއިމެދު ރިސަރޗް ހެދުމާއި ކަރުދާސްތައް ތައްޔާރު ކުރުމަށް ސުޕަވައިޒަރަށް އެހީތެރިވުން.

7-     އެކި ޤައުމުތަކުގެ ބްރީފް ޕޭޕަރ އަށް ބޭނުންވާ މަޢުލޫމަތު ތައްޔާރުކޮށް/އަޕްޑޭޓްކޮށް ކަމާބެހޭ ޑެސްކް (ބައިލްޓްރަލް ޑިޕާޓްމަންޓަށް) ފޮނުވުން.

8-     ޑިވިޜަންގެ ޔައުމިއްޔާ، ވީކްލީ ރިޕޯރޓްތައް އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން. އަދި ލިޔެކިޔުންތައް އޮންނަ އުސޫލަކުން ފައިލްކޮށް ރެކޯޑް ބެލެހެއްޓުން.

9-     ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން

10-  އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-     މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަންސް) ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމް: ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: އެމް. އެސް. 2

މުސާރަ:6,295.00  ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 900.00 ރ.

ނުވަތަ

ޓެކްނިކަލް ކޯ : މުސާރައިގެ 28%

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-297370

ބޭނުންވާ އަދަދު: 1

މަޤާމު އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ޔޫ.އެން. ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

1-     ދިވެހިރާއްޖެއިން ވާދަކުރާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިންތިޚާބުތަކާއިގުޅޭ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން

2-     ރާއްޖޭގެ ތާއީދަށް އެދި ފޮނުވާ، ބޭރު ޤައުމުތަކުން ވާދަކުރާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިންތިޚާބުތަކުގެ މެޓްރިކްސް ތައްޔާރުކޮށް އަޕްޑޭޓްކުރުމަށްފަހު، ކޮންމެ ހަފުތާއަކު  ނިއުޔޯކާއި ޖެނީވާގައި މިޝަނަށް ފޮނުވުން އަދި އިންތިހާބާއި ކައިރިކޮށް ރާއްޖެއިން ތާއީދުކުރާ ޤައުމެއް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ނިންމައި، ކަމާބެހޭ މިޝަނަށް އެކަން އެންގުން

3-     ޔޫ.އެން އާއި ބެހޭ ތަފާތު މަސައްކަތްތަކާއި ގުޅޭގޮތުން ބްރީފް ޕޭޕަރ / ޕޮޒިޝަން ޕޭޕަރ، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރު ކުރުން.

4-     އދ. ގެ އާންމު ޖަލްސާތަކާއި އެހެނިހެން ހާއްސަ ޖަލްސާތަކުގައި ރާއްޖޭން ބައިވެރިވުމަށްޓަކައި ކުރައްޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.

5-     އދ. ގެ އާންމު މަޖިލީސް އޮންނަ ދުވަސްވަރު ޤަރާރުތަކާއި ޕޮޒިޝަންތަކާމެދު ރިސަރޗް ހެދުމާއި ކަރުދާސްތައް ތައްޔާރުކުރުމަށް އެހީތެރިވުން

6-     އެކި ޤައުމުތަކުގެ ބްރީފް ޕޭޕަރ އަށް ބޭނުންވާ މަޢުލޫމަތު ތައްޔާރުކޮށް/އަޕްޑޭޓްކޮށް ކަމާބެހޭ ޑެސްކް (ބައިލްޓްރަލް ޑިޕާޓްމަންޓަށް) ފޮނުވުން.

7-     ޑިވިޜަންގެ ޔައުމިއްޔާ، ވީކްލީ ރިޕޯރޓްތައް އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން. އަދި ލިޔެކިޔުންތައް އޮންނަ އުސޫލަކުން ފައިލްކޮށް ރެކޯޑް ބެލެހެއްޓުން.

8-     ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން

9-     އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-     މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަންސް) ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

އިތުރު އިނާޔަތް:

1-     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2-     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

 

 

އެމް.އެސް 2

-     ތަޢުލީމާއި ތަމްރީން 40%

-        އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން)5%

-   މަސައްކަތުގެ ތަޖުރިބާ  15%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 40%

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

http://www.foreign.gov.mv/index.php/en/downloads  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. ފެކްސް ނަންބަރަކީ، 3345011 އެވެ. އަދި ޢިއްލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ،  18 ޖުލައި 2019 އާއި 31 ޖުލައި 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ތައުލީމަށް 50%
  • ތަޖުރިބާ 50%

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

އެމް.އެސް 1 – އެމް.އެސް 2 .................... 35%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3345011 އެވެ. އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

                         

 

‏01‏ ޖުލައި‏ 2019

‏28

02 ޖުލައި 2019
ހޯދާ