މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު:    IUL)25-A5/25/2019/15)

ވަޒީފާގެ ފުރުޞަތު

މިމިނިސްޓްރީގެ މަޤާމްތަކަށް މުވައްޒަފުން ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ: IUL)25-A5/25/2019/12) (ތާރީޚް: 23 ޖޫން 2019) އިޢުލާން ބާތިލް ކުރުމަށްފަހު މަޤާމްތަކަށް މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ. އެސް. 4

މުސާރަ:5,020.00  ރ.

ސަރވިސް އެލަވަންސް: 1,500.00 ރ.       

ސަޕޯޓިންގ ކޯ : 700.00 ރ.

 

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-308269

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: އެޑްމިނިސްޓްރޭޝަން ޔުނިޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1.  ރާއްޖޭން ބޭރުގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި މިނިސްޓްރީއާ ދެމެދު ހިނގާ ހުރިހާ އިދާރީ މަސައްކަތްތަށް

-        މިޝަންތަކުން މިނިސްޓްރީއަށް ލިބޭ ލިޔެކިއުންތައް (ސިޓީ، އީމެލް، ފަދަލިޔުންތައް) ޤަވާއިދުން ބަލައިގަނެ، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކްޝަންނެގުން

-        މިޝަންތަކާއި ގުޅޭގޮތުން ނެރެންޖެހޭ އާންމު އިދާރީ ސާރކިއުލަރ ތައްޔާރުކޮށް ނެރުން

-        އަލަށް ހުޅުވާ މިޝަންތައް ހުޅުވުމަށް ބޭނުންވާ އިދާރީ އަދި ލޮޖިސްޓިކަލް މަސައްކަތްތައް ކުރުން

-        މިޝަންތަކަށް ރަސްމީ ބޭނުމަށް ރާއްޖެއިން ހޯދަންޖެހޭ ތަކެތީ، ކަންޑައެޅިފައިވާ އުސޫލްތަކާއި އެއްގޮތަށް ހޯދުމަށްފަހު ފޮނުވުން

-        މިޝަންތަކަށް މުވައްޒަފުން ފޮނުވާ އަސާސީ އުސޫލްއާއި އެލަވަމަންސްތައް މުތާލިޔާކުރަންޖެހިއްޖެ ހާލަތެއްގައި ކުރުން

-        މިނިސްޓްރީއާ މިޝަންތަކާއި ދެމެދު ހިނގާ މުއާމަލާތްތަކާއި ގުޅޭ (އިދާރީ މައްސަލަތަކާއި ގުޅޭ) ޕެންޑިންގ ލިސްޓެއް ބެލެހެއްޓުން

  1. ޕާސްޕޯޓް ހެއްދުމާއި އާކުރުން (އޮފިޝަލް އަދި ޑިޕްލޮމެޓިކް) އަދި ވިސާގެ ކަންކަން ހަމަޖެއްސުން

-        މުވައްޒަފުގެ އަދި އާއިލާ މުވައްޒަފަކާއެއްކު ދާނަމަ، އާއިލާގެ ޕާސްޕޯޓު އަދި ވިސާ

  1. ޑިޕްލޮމެޓިކް މޭލް ބޭގް އަށް ލުމަށް ލިބޭ ލިޔެކިޔުންތަށް ބަލާގަނެ، ކަނޑައެޅިފަވާ އުސޫލްތަކާއި އެއްގޮތަށް މެއިލްބޭގް ތައްޔާރުކޮށް ފޮނުވައި ރެކޯޑް ބެލެހެއްޓުން
  2. މިޝަންތަކުގެ ވީކްލީ ރިޕޯޓް ޤަވާއިދުން ހޯދައި އެ ރިޕޯޓް އޮންނަ އުސޫލުން ހިއްސާކުރުން
  3.  ޑިވިޜަނުގެ ޔައުމިއްޔާ، ވީކްލީ ރިޕޯރޓްތައް، ބްރީފް ޕޭޕަރ އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން. އަދި ރިކޯޑްތަށް ފައިލްކޮށް ޤަވާއިދުން ބެލެހެއްޓުން.
  4. ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން
  5. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިވިޜަންތަކާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-     ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ (އެޑްމިނިސްޓްރޭޝަން) ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

2-     މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

3-    މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

މަޤާމް: ޕްރޮކިއުމެންޓް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް: އެމް. އެސް. 1

މުސާރަ:5,610.00  ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 700.00 ރ.

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-308270

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ޕްރޮކިއުމަންޓް އެންޑް މެއިންޓެނަންސް ޔުނިޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. މިނިސްޓްރީން ވައިގެ މަގުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކަށް ޓިކެޓްނެގުމަށް ކޯޓޭޝަންސްތައް ހޯދުމާއި، ޕީއޯ ތައްޔާރުކުރުމާއި، ޓިކެޓް ނެގުމާއި،  ޓްރެވަލް އިންޝްއަރެންސާއި ގުޅޭ މަސައްކަތްތައް
  2. މިނިސްޓްރީއަށް ބޭނުންވާ މުދާ ހޯދުމަށް ބޭނުންވާ ކޯޓޭޝަންތައް ހޯދުން، ބަޖެޓުގައި ފައިސާ ހުރިތޯބެލުމާއި، ސެޕް ސިސްޓަމް މެދުވެރިކޮށް ޕީއޯ ހެދުމާއި ތަކެތި ހޯދުން.  އަދި މުދަލުގެ ރެޖިސްޓްރީ މާލިއްޔަތު ގަވައިދާއި އެއްގޮތަށް ގަވައިދުން ބެލެހެއްޓުން
  3. މިނިސްޓްރީގެ ސްޓޮކަށް ބޭނުންވާ ލިޔެކިޔުމާއި ގުޅޭ/ އޮފީސް މަސައްކަތަށް ބޭނުންވާ ތަކެތީގެ ރިކުއެސްޓް އައުމުން އެ ތަކެތި ހޯދުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން
  4. މިޝަންތަކަށް ފޮނުވާ ސްޓާފުންގެ ޕާސަނަލް އައިޓަމްސްތައް މިޝަންއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން
  5. ބިޑްކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި މަސައްކަތްތަކަށް ބިޑް ތައްޔާރުކޮށް އިވެލުއޭޝަން ހެދުމުގެ މަސައްކަތްކުރުން
  6. މިނިސްޓްރީން ހޯދާ ޚިދްމަތްތައް (ލޯންޗް/ކުއްޔަށް ހޯދާ ތަކެތި/ ކެއުން ފަދަ) ޚިދްމަތްތައް ހޯދުމަށް އެހީތެރިވުން އަދި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން
  7. ޔުނިޓުގެ ޔައުމިއްޔާ، ވީކްލީ ރިޕޯޓްތައް، ވޯކްޕްލޭން، އަހަރު ރިޕޯޓަށްް ބޭނުންވާ މައުލޫމާތު އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން. އަދި ލިޔެކިޔުންތައް ފައިލްކޮށް ރެކޯޑް ބެލެހެއްޓުން
  8. ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން
  9. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1       މަޤާމުގެ މަސައްކަތާއި ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

އިތުރު އިނާޔަތް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

 

 

ޖީ.އެސް 4

-     ތަޢުލީމާއި ތަމްރީން 40%

-   އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) 5%

-   މަސައްކަތުގެ ތަޖުރިބާ  10%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 45%

އެމް. އެސް 1

-     ތަޢުލީމާއި ތަމްރީން 40%

-        އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން)5%

-   މަސައްކަތުގެ ތަޖުރިބާ  15%

-     ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 40%

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

http://www.foreign.gov.mv/index.php/en/downloads  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. ފެކްސް ނަންބަރަކީ، 3345011 އެވެ. އަދި ޢިއްލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ،  18 ޖުލައި 2019 އާއި 31 ޖުލައި 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ތައުލީމަށް 50%
  • ތަޖުރިބާ 50%

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

އެމް.އެސް 1 – އެމް.އެސް 2 ........... 35%

ޖީ.އެސް 3 - ޖީ.އެސް 4 .................... 45%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3345011 އެވެ. އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

 

                     

‏01‏ ޖުލައި‏ 2019

‏28‏-ޝައްވާލް‏-4014

02 ޖުލައި 2019
ހޯދާ