ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަގާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް އުސޫލުން) |
ބޭނުންވާ ޢަދަދު |
01 |
މަގާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
ރޭންކް |
އެމް.އެސް 1 |
މުސާރަ |
މަހަކު 5610 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު 2000 ރުފިޔާ |
ލިވިންގ އެލަވަންސް |
މަހަކު 3000 ރުފިޔާ |
ރިސްކް އެލަވަންސް |
50 ރުފިޔާ (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް) |
މުއްދަތު |
07 މަސް ދުވަސް |
އެހެނިހެން |
މަގާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭތަން |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ |
ތަޢުލީމާއި ތަޖުރިބާ
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ތައުލީމީ ފެންވަރު: - މެނޭޖްމަންޓް، ފައިނޭންސް ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ (ލެވެލް 5) ހާސިލްކޮށްފައިވުން މަސައްކަތުގެ ތަޖުރިބާ: - އެޑްމިނިސްޓްރޭޝަން، ފައިނޭންސް ނުވަތަ ހިއުމަން ރިސޯސަސް ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
11. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން. |
މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
1- 1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
2- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ). (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 3- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 6- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ). 7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).
އިތުރު މަޢުލޫމާތު: 1- މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. 2- މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ. 3- މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓް އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ. 4- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 11 ޖުލައި 2019 ވަނަދަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި، ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުން ހަމަކޮށް، ސުންގަޑީގެ ކުރިން [email protected] އަށް ފޮނުވާ އީ-މެއިލްވެސް ބަލައިގަނެވޭނެއެވެ.
ނޯޓް:ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން: http://fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން: 3010551 ފެކްސް: 3010552 އީ-މެއިލް: [email protected] ވެބްސައިޓް: www.fpa.gov.mv ފޭސްބުކް: www.facebook.com/fpa.maldives |
30 ޝައްވާލް 1440
02 ޖުލައި 2019