ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކައިވެނީގެ ރަޖިސްޓްރަރ

146-A1/2019/117:ނަންބަރު

އިޢުލާން

           މިކޯޓުގެ ކައިވެނީގެ ރަޖިސްޓްރަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކޮށްފައިވާ ނަންބަރު 146A1/2019/99 (27 މޭ 2019) އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

 

މަޤާމު:

 ކައިވެނީގެ ރަޖިސްޓްރަރ

ބޭނުންވާ އަދަދު :

 01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

 ކައިވެނީގެ ރަޖިސްޓްރަރ

މަޤާމުގެ ރޭންކް:

 އެލް.އެސް.04

މަސައްކަތްކުރަންޖެހޭ ތަން:

 ފެމިލީކޯޓު / ކައިވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާބެހޭބައި

މަޤާމުގެ އަސާސީ މުސާރަ:

 މަހަކު 10922.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

 - ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ.

 - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ.

 - ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 (މަހަކު)،

 - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ އަސާސީ ޝަރުތު:

 - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ޑެޕިއުޓީ ލީގަލް އޮފިސަރ- އެލް.އެސް-3 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަދި ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ޑެޕިއުޓީ ލީގަލް އޮފިސަރ- އެލް.އެސް-3 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

 

 

 - ކޯޓަށް ހުށަހެޅޭ ކައިވެނިތަކާއި ގުޅިގެން ޤަވާޢިދުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެކަންކަން ބެލެހެއްޓުން.

 - ކައިވެނިކުރަން އެދޭ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުން.

 - ކުރެވޭ ކައިވެނިތައް ދުވަހުން ދުވަހަށް ރަޖިސްޓްރީކުރުން.

 - ދެއަންބަށް ކައިވެނިކުރުމަށް އެދި ހުށަހަޅާ މީހުންނާއި ދިވެހިންނާއި ކައިވެނިކުރަން އެދޭ ބިދޭސީންގެ ކިބައިގައި ޝަރުޢީ އަދި ޤާނޫނީގޮތުން ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމާއި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 - ކޮންމެ ދުވަހަކު ކޮށްދޭ ކައިވެނި ދަފްތަރުގައި ލިޔެ ބެލެހެއްޓުމާއި އަދި ކޮންމެ ދުވަހަކު ސާބިތުކުރެވޭ ވަރި ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށް ވަރީގެ ދަފްތަރު ބެލެހެއްޓުން.

 - ކައިވެންޏާއި ވަރީގެ ސެޓްފިކެޓް ހެއްދުމާއި ދޫކުރުމުގެ ކަންތައް ބަލަހައްޓާ އެކަންތައް ހަމަޖެއްސުން.

 - ކައިވެންޏާއި ވަރީގެ ރެކޯޑްތަކުގެ ތަފާސްހިސާބު ބެލެހެއްޓުން.

 - ކައިވެންޏާއި ވަރިއާގުޅޭގޮތުން އާންމުންނަށް މަޢުލޫމާތުދީ ހޭލުންތެރިކުރުމުގެ ކަންތައް ހިންގާ ބެލެހެއްޓުން.

 - ދުވަހު ކައިވެނީގެ ތާވަލު ތައްޔާރުކުރުމާއި ކައިވެނި ޢަޤްދުކޮށްދޭނެ ޝަރުޢީ މައުޛޫނުންގެ ތާވަލު ހަމަޖެއްސުން.

 - ޢާއިލާއާބެހޭ ޤަނޫނާއި ޤަވާޢިދުގައި ކައިވެނީގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ އެހެނިހެން ކަންކަން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

 - އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން.

 - މުޢާމަލާތު ކުރުމުގެ ހުނަރު.

 - އެޓިޓިއުޑް                      .

 - ދިވެހި ބަހުން ތަކެތި ލިޔުމާއި ޖުމްލަ ހަމަޖެއްސުމުގެ ހުނަރު.

 - ރިޕޯޓް ލިޔުމުގެ ހުނަރު.

 - ވާހަކަ ދެއްކުމުގެ ހުނަރު.

 - ޓީމް ވޯކް.

 - އިސްނެގުން.

 - މައްސަލަ ހައްލު ކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

 - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މިންވަރު.

 - ދީނީ ނަސޭޙަތްދިނުމުގެ ހުއްދަ އޮތުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

 - ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 - ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލް އިން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)

 - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، މަޤާމުގެ ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

 ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

 16 ޖުލައި 2019 ގެ 13:30 ގެ ކުރިން

އިތުރު މަޢުލޫމާތު:

 - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

 - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ.

 - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

 - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

 - ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

02 ޖުލައި 2019
ހޯދާ