ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.އަތޮޅު ކައުންސިލް އިދާރާއަށް ޤާނޫނީ ލަފަޔާއި ކޯޓްތަކުގައި ވަކާލާތު ކުރާނެ ފަރާތެއް ހޯދުން

މި ކައުންސިލް އިދާރާއަށް ޤާނޫނީލަފާ ހޯދުމަށާއި ކޯޓްތަކަށް ހުށަހެޅޭ މައްސަލަ ތަކުގައި މި ކައުންސިލްގެ ފަރާތުން ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (15 މެއި 2019) (IUL)240-CA/240/2019/14) އިއުލާނާއި ގުޅިގެން ދޫކުރެވުނު މަޢުލޫމާތު ޝީޓް ފުރިހަމަކަމަށް ނުފެންނާތީވެ އެއިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލް ކުރުމަށްފަހު 2 ވަނަފަހަރަށް އިއުލާން ކުރީމެވެ.

 

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖުލައި 2019 ވަނަ ދުވަހުގެ 11:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖުލައި 2019 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

01 ޖުލައި 2019
ހޯދާ