ދިވެހިރާއްޖެ
މިރަށު ބީޗްރޯޑާއި (ދެކުނުފަރާތު އެންމެ އަތިރިއަށް އޮތް މަގުގައި)، ނިކަގަސްމަގުގައި (އުތުރު ފަރާތު ބަނދަރުން ފެށިގެން ފުޓްބޯޅަ ދަނޑާހަމައަށް އެންމެ އުތުރަށް އޮތް މަގުގައި) ހިނގާމީހުންނަށާއި ދުއްވާ ތަކެއްޗަށް އުނދަގޫވާގޮތަށްހުރި ބައެއް ރުއްތަކާއި، ކުނިކޮށި ބޮޑުކުރުމަށްޓައި މިހާރުއޮތް ކުނިކޮށީގެ އެއްގަމު ވާފަޅީގައިހުރި ބައެއްރުއްތައް ކަނޑަންޖެހޭތީ، މި ދެންނެވި ތަންތަނުގައިހުރި އަމިއްލަ ފަރާތްތަކުގެ ރުއްތަކުގެ މަޢުލޫމާތު މި އިދާރާއަށް ބޭނުންވެއެވެ.
މަތީގައި ދަންނަވާފައިވާ ތަންތަނުން ކަނޑަންޖެހޭ ރުއްތަކުގައި، މި އިދާރައިގެ ފަރާތުން މިހާރުވާނީ ރަތްކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ.
ވީމާ، މިދެންނެވި ތަންތަނުގައި އަމިއްލަފަރާތެއްގެ ރުކެއްހުރިނަމަ އެފަރާތަކުން، މި އިދާރައިން ޖަހާފައިވާ ނަންބަރާއި، އެ ރުކެއްގައި ރުކުގެ ވެރިފަރާތުން ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ނޯޓް ކުރައްވައި، 2019 ޖުލައި 09 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ސިޓީއަކުން ނުވަތަ މި އިދާރާއިން ދޫކުރާ ރުކުގެ މަޢުލޫމާތު ހުށަހަޅާ ފޯމު ފުރިހަމަކޮށް، މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
ހުށަހަޅާ ސިޓީގައި އެ ފަރާތެއްގެ ރުކާއި / ރުއްތަކާއި މެދު ޢަމަލުކުން ބޭނުންވާގޮތް (ރުއްކަނޑައިގެން ގެންދަން ބޭނުންވާ ފަރާތްތަކުން އެކަން ނުވަތަ ރުކުގެ ބަދަލު ބޭނުންވާ ފަރާތްތަކުން އެކަން) ބަޔާން ކޮށްފައި އޮންނަންވާނެއެވެ. ރުކުގެ ބަދަލުބޭނުންވާ ފަރާތްތަކަށްވެސް، ބަދަލުގައި ދެވޭނީ ޝަރުޢީގޮތުން ކަނޑައަޅާފައިވާ އަގެވެ. ރުކުގެ ބަދަލުގައި ރުއް ދޭގޮތަށް ހަމަޖެހިފައެއްނުވެއެވެ.
މި ދެންނެވި ސަރަޙައްދުގައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް، މި އިދާރާއިގެ ނަންބަރު: (IUL)347/347/2019/46 (13 ޖޫން 2019) އިޢުލާނުން ޢާއްމުކޮށް އަންގާފައިވީނަމަވެސް އިޢުލާނުގެ މުއްދަތު ހަމަވި އިރުވެސް އެއްވެސް ފަރާތަކުން އެއްވެސް ރުކަކާބެހޭ މަޢުލޫމާތު މި އިދާރާއަށް ޙިއްޞާކޮށްފައެއް / ހުށަހަޅާފައެއްނުވެއެވެ.
މި އިޢުލާނުގެ މުއްދަތު ހަމަވާއިރު މި ދެންނެވި ރުއްތަކާއިބެހޭ މަޢުލޫމާތު މި އިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެއީ ރައްޔިތުންގެ ރުއްކަމަށް ބަލައި އެ ރުއްތައް ނީލަމުގައި ވިއްކާލެވޭނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ހުށަހެޅުއްވިނަމަވެސް ރުއް ނުނަގާ ބެހެއްޓެންނެތް ވާހަކަ ދަންނަވަނެމެވެ. އަދި އަމިއްލައަށް ރުއްކަނޑާލަން ބޭނުންވާނަމަ މި ކައުންސިލުން އެކަމަށް އެކަށީގެންވާ މުއްދަތެއް ލިޔުމަކުން ދެވޭނެއެވެ.