މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ / މ.މުލީ މެޖިސްޓްރޭޓް ކޯޓު

 

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

  މ.މުލި ،ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

ނަންބަރު: K5C-A/2019/15

ތާރީޚް: 01 ޖުލައި 2019

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ. އެސް 3

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

މ.މުލީ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/4465ރ

 

 

މިމަޤާމަށް ލިބޭ އެލަވަންސް

  • ސާރވިސް އެލަވަންސް: -/1500ރ
  • ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20
  • ލިވިންގ އެލަވަންސް: -/2550ރ
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖެގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 

 

އަސާސީ ޝަރުތު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއިއެކު GS2 ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

 

 

 

 

 

 

މަޤާމްގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތުތައް

  • ކޯޓްގެ ސްޓޮކާއި، އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން
  • ކޯޓަށް އަންނަ ލިޔުންތަށް ދުވަހުން ދުވަހަށް އެންޓްރީކޮށް އިދާރީގޮތުން އަންނަ މެސެޖް / ސިޓީތަކަށް ޖަވާބް ތައްޔާރުކުރުމާއި ލިޔުންތައް ފައިލްކުރުން.
  • އިދާރީ އަދި ފައިސާގެ ފޮތްތަކާ ލިޔެކިޔުންތައް ޤަވާޢިދުން ތައްޔާރުކޮށް ބެލެހެއްޓުން
  • މ.ޖުޑީޝަލް ދައިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ފައިސާއާއި ބެހޭ ކަންތައްތަކުގެ ތެރެއިން ވެރިކަންކުރާ ރަށުގެ ކޯޓުން ކުރުމަށް ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން
  • މ.ޖުޑީޝަލް ދައިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ އެންމެހައި ކަންތައްތަކުގެ ތެރެއިން ވެރިކަންކުރާ ރަށުގެ ކޯޓުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • ކޯޓުގެ މުވައްޒަފުންގެ ކަންކަން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގައިވާ ގޮތުގެމަތީން ބެލެހެއްޓުން.
  • މ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންގެ ޙާޝިރީ އާއި ޗުއްޓީ ރެކޯޑްސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ޕީއޭ ފޯމް ތައްޔާރުކުރުމާއި، ޕާރސަނަލް ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޑިއުޓީ އުޞޫލުން މަސައްކަތްކުރައްވާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުން
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ އިދާރީ ހިންގުމާއި، މަރާމާތާއި، އިންވެންޓްރީ އަދި ސްޓޮކް ބެލެހެއްޓުމާއި، ފައިސާއާ ގުޅޭކަންކަމުގައި އެކަންކަން ބަލަހައްޓަވާ މުވައްޒަފުންނަށް އެހީތެރިވުން.
  •  މިކޯޓާއި، މިދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މަރާމާތާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  •  ކޯޓަށް ބަލައިގަންނަ ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ މަސައްކަތްކުރުން.
  • ކޯޓްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުމާއި ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން
  •  ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން
  • އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓްގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން

 

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ، ޝަރުއީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)
  5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް  (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)
  6. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލްސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

 

ސުންގަޑި

09 ޖުލައި 2019 ވާ އަންގާރު ދުވަހުގެ 13:00 ގެ ކުރިން. (އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.) 

 

 

 

 

 

 

 

އިތުރު މަޢުލޫމާތު

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް މ.މުލީ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކައުންޓަރުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv  އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6720012
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލަނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުތުތަށް ހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި ވަޒީފާއަށް މީހަކު އައްޔަށް ކުރުމުގެކުރިން މަތީގައި ޙަވާލާދިން މާއްދާގެ (ށ) ގައި ބުނާކަންކަމަށް ރިޢާޔަތް ކުރެވޭނެ ކަމުގައިވެސް ދެންނެވީމެވެ.
  • މިމަޤާމުގެ އިންޓަރވިއު 2019 ޖުލައި މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި މ.މުލީ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ ވަޒީފާއަށް ކުރިމަތިލައްވަ ހުރިހާ ބޭފުޅުންވެސް ހުރިހާ ބޭފުޅުންވެސް އެމުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވެވޭގޮތަށް ތިއްބެވުމަށް ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތަޢުލީމް: 30 ޕަސެންޓް
  • މަސައްކަތުގެ ތަޖުރިބާ: 10 ޕަސެންޓް
  • އިންޓަރވިއު: 50 ޕަސެންޓް
  • މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 ޕަސެންޓް

 

 

 

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ވަޒީފާއާއި ބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން.
  • ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ޙާޞިރީ އާއި މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  • ދަޢުލަތުގެ އިދާރާއަކުން ނުވަތަ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 

01 ޖުލައި 2019
ހޯދާ