ދިވެހިރާއްޖެ
ގއ. އަތޮޅު ހޮސްޕިޓަލް
Villingili, Rep of Maldives |
GA. Atoll Hospital
ވިލިނގިލި، ދިވެހިރާއްޖެ
ނަންބަރު: IUL)GAAH/2019/03)
އިޢުލާން
ގއ.އަތޮޅުހޮސްޕިޓަލުގެ އެން.އައި.ސީޔޫ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލުން ފޯރުކޮއްދޭ މައުލޫމާތު އަދި ކުރެހުމާއި އެއްގޮތަށް މި ހޮސްޕިޓަލުގެ އެން.އައި.ސީ.ޔޫ ގަ ހުރި މަރާމާތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL) GAA/2019/2) އިޢުލާނުގައި މިހޮސްޕިޓަލުން ފޯރުކޮށްދީފައިވާ މައުލޫމާތު ޝީޓްގައި އެކަށީގެންވާ ވަރަށް މައުލޫމާތު ހިމަނިފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްރަކުން 02 ޖުލައި 2019 ވަނަ ދުވަހުގެ މެންދުރު 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 07 ޖުލައި 2019 ވަނަ ދުވަހުގެ 14.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
30 ޖޫން 2019 މ.
27ޝައްވާލު 1440