ދިވެހިރާއްޖެ
މި އިޢުލާންވަނީ 07 ޖުލައި 2019 12:01 ގައި ބާތިލް ކުރެވިފައެވެ.
އައިސްޕްލާންޓްގެ ޢިމާރާތްކުރުމާއިގުޅޭ
މިކައުންސިލުން ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓް ބެހެއްޓުމަށް ކަނޑައަޅާފައިވާ ބިމުގައި ޢިމާރާތްކުރަންޖެހޭ އައިސްޕްލާންޓްގެ އިދާރީ އޮފީސް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތުގެ ބީލަން ފޮތް ވިއްކުން ކުރިއަށްދާނީ 2019 ޖުލައި 01 ވަނަ ދުވަހުން ފެށިގެން 2019 ޖުލައި 09 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަން ފޮތުގެ އަގަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ.
މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.