ދިވެހިރާއްޖެ
ބޯފެންރައްކާކުރުމަށް ބޭނުންކުރާ ހަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް
މިހޮސްޕިޓަލުގެ ބޯފެންރައްކާކުރުމަށް ބޭނުންކުރާ ހަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 01 ޖުލައި 2019 ވާ ހޯމަ ދުވަހުން ފެށިގެން 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން 13:30 އާއި ދޭތެރޭ މި ހޮސްޕިޓަލުގެ (ނ. އަތޮޅު ހޮސްޕިޓަލް، ރޯޝަނީމަގު) އޮފީސް ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލުގެ (ނ. އަތޮޅު ހޮސްޕިޓަލް، ރޯޝަނީމަގު) އޮފީހުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި ހޮސްޕިޓަލުގެ (ނ. އަތޮޅު ހޮސްޕިޓަލް، ރޯޝަނީމަގު) އޮފީހުގައި އޮންނާނެއެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 ޖުލައި 2019 ވާ ބުދަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.