ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅޭސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިރަށު ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅޭ ސާމާނުތައް ފޯރުކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު އިއުލަން (IUL)389/389/2019/25 ނަންބަރ އާއި ގުޅިގެން ހުށައެޅުއްވި އަގުތައް ބޮޑުކަމަށް ފެންނާތީ އެ އެސްޓިމޭޓް ތައް ބަތިލްކޮށް އަލުން އިއުލާން ކުރަމެވެ.

މިރަށު ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅޭސާމާނުތައް މިކައުންސިލަށް ފޯރުކޮށްދޭނެފަރާތެއް ބޭނުންވެއެވެ. ވީމާ މިތަކެތި މިކައުންސިލަށް ފޯރުކޮށްދޭން ބޭނުންވާ ފަރާތް ތަކުން  4 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާއަށް ވަޑައިގެން، މައުލޫމާތު ސާފުކުރެއްވުމަށް ފަހު 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު 11:00 ގައި ކައުންސިލް އިދާރާއަށް ވަޑައިގެން އަގުހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު އެފަރާތަކީ ކާކުކަން އެނގޭފަދަ ރަސްމީލިއުމެއް ގެންނަންވާނެއެވެ. އަދި ކުންފުންޏެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރައްވާނަމަ، ކުންފުނީގެ ސިޓީއާއި ،އަދި  ބިޑްހުށަހަޅަންބޭނުންވާ ފަރާތުގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީ ގެންނަވަން ވާނެއެވެ. މިއިއުލާން އާއި ގުޅިގެން މައުލޫމާތު ސާފުކުރުމާއި އަދި އަގުހުށައެޅޭނީ ކޮންމެ ފަރާތަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތުފޯމް ދޫކުރުމަށް ހަމަޖެހިފައިވާ ގަޑީގަ އާއި ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ގަޑިޖެހިގެން ޙާޟީރުވާ ފަރާތްތަކަށް ބީލަމުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

27 ޖޫން 2019
ހޯދާ