ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2019/114
އިޢުލާން
އޭ.ސީ ސާރވިސް ކުރުމާއި ގުޅޭ:
މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އޭ.ސީ ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2019/043 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކަކީ އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކެއް ކަމުގައި ނުވާތީ، އެއިޢުލާން ބާތިލްކޮށް، އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
24 ޝައްވާލު 1440
27 ޖޫން 2019
