ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އުރުދޫ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު

                                                                                                   ނަންބަރު: (IUL)430-DBA-B/1/2019/4 

 

  އިޢުލާން

ދިވެހިބަހުގެ އެކެޑަމީން  އުރުދޫބަސް ދަސްކޮށްދިނުމުގެ އެޑްވާންސް ކޯހެއް މި އަހަރުގެ  ޖުލައި މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މި ފަދަ ކޯހެއް ކުރިއަށް ގެންދިޔުމުގެ މަޤްޞަދަކީ އުރުދޫބަސް ދަސްކޮށްދިނުމުގެ އިތުރުން އުރުދޫ އަދަބުގެ މުއްސަނދިކަމުގެ ތެރެއިން ދިވެހި އަދަބިއްޔާތަށް އިތުރު ފަހި ކަމެއް ލިބުމަށް މަގުފަހިކޮށްދިނުމެވެ.

ކޯހުގެ މުއްދަތު:  05 މަސް ދުވަސް

ކޯސް ހިންގާނީ : ދިވެހިބަހުގެ އެކެޑަމީގައި

ކޯހުގެ ސަރުތު: ދިވެހިބަހުގެ އެކެޑަމީއާއި ޕާކިސްތާނުގެ ސަފާރާއާއި ގުޅިގެން ހިންގި އުރުދޫބަހުގެ ބޭސިކް ކޯސް ފުރިހަމަ ކޮށްފައިވުން ނުވަތަ އުރުދޫ ބަހުން އާންމު މުޢާމަލާތު ކުރަން އެގުން

                  ވީމާ މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ   14:00 ގެ ކުރިން މި އެކެޑަމީއަށް ފޯމު ހުށަހެޅުން އެދެމެވެ. މި ކޯހަށް އެދި ހުށަހަޅާ ފޯމު މި އެކެޑަމީން ލިބެންހުންނާނެއެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވެން ހުންނާނެއެވެ. އަދި މި ކޯހާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު 3028018 އާއެވެ.

27 ޖޫން 2019
ހޯދާ