މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު :2

ނޯޓް:

 ސަދަން ޓްރާންސްޕޯޓް ލިންކް (ސ.ފޭދޫ)ގެ މަަސައްކަތްތަކަށް މުވައްޒަފުން ހޯދުން

މުސާރަ: 

-/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2000ރ - -/3500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުން

ނުވަތަ

- ޖީ.ސީ.އީ އޯލެވެލް ދެމާއްދާއިން ފާސްވުމާއި އެކު 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ސަދަން ޓްރާންސްޕޯޓް ލިންކްގެ އެންމެހައި އިދާރީ އަދި ހިއުމަން ރިސޯސްގެ މަސައްކަތްތައް ކުންފުނީގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.

- މި ކުންފުނިން ދެވޭ ޚިދުމަތްތަކަށް މި ކުންފުނިން ޓެރިފްއާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ބަލައި ގަނެ ރަސީދު ދޫކުރުން އަދި ޑެއިލީ ރިޕޯޓް ނިމޭ ދުވަހުގެ ފައިސާ ޖެހިގެން އަންނަ ދުވަހު ބޭންކަށް ޖަމާކުރެވޭގޮތަށް ލިޔުންތައް ނިންމުން.

މަސައްކަތް ކުރަންޖެހޭ ތަން :

 ސަދަން ޓްރާންސްޕޯޓް ލިންކް (ސ.ފޭދޫ)

މަޤާމް :ޑްރައިވަރ (ބަސް)
ބޭނުންވާ އަދަދު :4

މުސާރަ:

-/4980 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3984 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/4500ރ - -/5500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

B0 ނުވަތަ B2 ކެޓަގަރީގެ ލައިސެންސް އޮތުން

- ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައި ވުން

ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން

ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ކުންފުނިން ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ޑިޕާޓްމަންޓުން އަންގާ ޝެޑިއުލާއި އެއްގޮތަށް ޕެސެންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން. 

މަސައްކަތް ކުރަންޖެހޭ ތަން:

 ސަދަން ޓްރާންސްޕޯޓް ލިންކް (ސ.ފޭދޫ)

މަޤާމް :ބަސް އެޓެންޑެންޓް
ބޭނުންވާ އަދަދު :4

މުސާރަ:

-/3970 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3176 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2000ރ - -/4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08ގެ ފެންވަރު ނުވަތަ މިފަދަ ދާޢިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން

- ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

- ކަސްޓަމަރުންނަށް އިޙުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން

- ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ބަހުގެ ޚިދުމަތަށް ނަގަންޖެހޭ ފައިސާ ނެގުމުގެ މަސައްކަތާއި ބަސްތައް ސާފުކުރުން

މަސައްކަތް ކުރަންޖެހޭ ތަން:

 ސަދަން ޓްރާންސްޕޯޓް ލިންކް (ސ.ފޭދޫ)

މަޤާމް :މެކޭނިކް
ބޭނުންވާ އަދަދު :2

މުސާރަ:

-/5500 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4400 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2000ރ - -/4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- މަޤާމުގައި ކުރަންޖެހޭ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ލެވެލް ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައިވުން ނުވަތަ މިދާއިރާގައި މަސައްކަތްކޮށް 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ބަސްތަކާއި ލޯންޗް އަދި ފެރީތަކުގައި ކުރަންޖެހޭ ބްރޭކް ޑައުން މެއިންޓެނަންސްގެ މަސައްކަތް ކުރުން.

- ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ބަސްތަކާއި ލޯންޗް އަދި ފެރީތަކުގެ ޕީރިއޮޑިކަލް މެއިންޓެނަންސް ކުރުން.

މަސައްކަތް ކުރަންޖެހޭ ތަން:

 ސަދަން ޓްރާންސްޕޯޓް ލިންކް (ސ.ފޭދޫ)

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :2

މުސާރަ:

-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/3000ރ - -/4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ބުރަ މަސައްކަތް ކުރެވޭފަދަ ސިއްޚަތު ރަނގަޅު މީހެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އޮފީސް އިމާރާތާއި ޓާރމިނަލް ސަރަހައްދު ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

- އޮފީސް އިމާރާތާއި ޓާރމިނަލް ސަރަހައްދުގެ މެއިންޓަނެންސް މަސައްކަތް ކުރުން.

މަސައްކަތްކުރަންޖެހޭ ތަން:

 ސަދަން ޓްރާންސްޕޯޓް ލިންކް (ސ.ފޭދޫ)

މަޤާމް :ކްރޫ
ބޭނުންވާ އަދަދު :2

މުސާރަ:

-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/3000ރ - -/4500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ފަޅުވެރިންގެ ކޯސް ފުރިހަމަ ކޮށްފައިވުން.

- އުޅަނދު ފަހަރަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ކުރެވޭ މީހެއްކަމުގައިވުން.

- ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.

- ޚިދުމަތް ހޯދާފަރާތްތަކަށް އިޚުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން

- އެއްގަމާއި ކަނޑުމަތީ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހެއް ކަމުގައިވުން.

ފަތަން އިނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކަނޑު އުޅަނދުފަހަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި އުޅަނދު ސާފުތާހިރުކަމާއިއެކު ބެލެހެއްޓުން.

- މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން

- ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް ކަނޑު އުޅަނދުން ދަތުކުރާ މީހުންނަށާއި މުދަލަށް ސަމާލުވެ މަސައްކަތް ކުރުން.

- މަސައްކަތް ކުރަން ހަމަޖެހިފައިވާ އުޅަނދު ދޮވެ ސާފުތާހިރު ކަމާއިއެކު ބެލެހެއްޓުން

މަސައްކަތް ކުރަންޖެހޭ ތަން:

ސަދަން ޓްރާންސްޕޯޓް ލިންކް (ސ.ފޭދޫ)

މަޤާމް :ސެކިޔުރިޓީ ގާރޑް
ބޭނުންވާ އަދަދު :8

މުސާރަ:

 -/4090 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3272 ރުފިޔާ)

ނޯޓް:

(ދޫގަސް 04 ސެކިޔުރިޓީ ގާރޑް)

(ފޭދޫ 04 ސެކިޔުރިޓީ ގާރޑް)

އެހެނިހެން ޢިނާޔަތްތައް:

-/2000ރ - -/4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

 

- ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.  

އަދި 

- މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގެ ތަކެއްޗާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތް ކުރަންޖެހޭ ތަން :

 ސަދަން ޓްރާންސްޕޯޓް ލިންކް (ސ.ފޭދޫ)

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

 2019 ޖުލައި 04ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. 

އަދި މި ކުންފުނީގެ ވެބްސައިޓް www.port.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.

27 ޖޫން 2019
ހޯދާ