ދިވެހިރާއްޖެ
މިރަށު ބަނދަރާ ކައިރި ހިސާބަކުން 10000 އަކަފޫޓްގެ ބިމެއް ވިޔާފާރިއާ އެހެނިހެން ސިނާއީ މަސައްކަތްތައް ކުރުމަށް އަގަކާނުލައި 3 އަހަރުގެ މުއްދަތައް ދިނުމުން މިރަށު ބަދަރުމަތީ ޕާކެއް އައުޓްޑޯ ޖިމަކާއެކު ތަރައްގީކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުންތިރީގައި މިދަންނަވާ ތާރީޚަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށްވަޑައިގެން މަޢުލޫމާތުސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް، މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހުށަހެޅުމަށްދުރުވާ ފަރާތްތަކުން، އެފަރާތެއްގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީހިސާބު ހުށަހެޅުމަށް  | 
| 
 2 ޖުލައި 2019 (އަންގާރަ) ދުވަހުގެ 11:00 އަށް  | 
 11 ޖުލައި 2019 (ބުރާސްފަތި) ދުވަހުގެ 11:00 އަށް  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްވަޑައިނުގަންނަވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ޝައްވާލް 1440
26 ޖޫން 2019
