މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ. ބަތޫތާ މަންޒިލް ދެވަނަ ފިޔަވަހީގެ މަސައްކަތް

އިއުލާން

މިރަށު ބަނދަރު ކުރިމަތީގައި ތަރަށްޤީ ކުރަމުންދާ 'ބަތޫތާ މަންޒިލް' ދެވަނަފިޔަވަހީގެ މަސައްކަތް، މިކައުންސިލުންދޭ މައުލޫމާތައި އެތްގޮތަށް އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ!

 

1. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑި ތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު، އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

 

  • މަޢުލޫމާތު ދިނުމުގެ ސެޝަން: 02 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކައުންސިލްގެ ޖަލްސާކުރާމާލަމުގައި
  • އަންދާސީ ހިސާބު ހުށަހެޅުން: 07 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކައުންސިލް ޖަލްސާ ކުރާމާލަމުގައި

 

2. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

 

3. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

4. މިމަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި "ބަތޫތާ މަންޒިލް ދެވަނަ ފިޔަވަހީގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

23 ޝައުބާން 1440

26 ޖޫން 2019

26 ޖޫން 2019
ހޯދާ