ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: IUL)468-U01/468/2019/98)
ބަންޑާރަ ކިޅީގައި ހެދިފައިވާ ހަޓް އަދި އެހެނިހެން އިމާރާތްތައް މަރާމާތުކުރުމާއި ގުޅޭ
ފުވައްމުލަކު ބަންޑާރަ ކިޅީގައި ހެދިފައިވާ ހަޓް އަދި އެހެނިހެން އިމާރާތްތައް މަރާމާތު ކުރުމަށް ބޭނުންވެއްޖެއެވެ. އެގޮތުން މަރާމާތުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ޚުލާސާ ތިރީގައި މިވަނީއެވެ.
- ބަންޑާރަ ކިޅީގައިވާ ދެ ހަޓްގެ ފުރާޅު އަދި ޑެކް ބަދަލުކުރުން
- ބަންޑާރަ ކިޅި އަށް ވަންނަ އެންޓްރޭންސް ވޯކްވޭގެ ލަކުޑި ބަދަލުކުރުން
- ޖެޓީގެ ލަކުޑި އަދި ރެއިލިންގް ބަދަލުކުރުން
- ބަންޑާރަ ކިޅީގައިވާ ބަދިގެ އަދި ފަޚާނާ މަރާމާތުކުރުން
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 14 ޖުލައި 2019 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ސާފު ކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާ ފަރާތުގެ މަޢުލޫމާތު އެގޭގޮތަށް ރަސްމީ ލިއުމެއް އޮވެގެންނޫނީ ބަދަލުގައި ފޮނުވާ ފަރާތަށް މަޢުލޫމާތު ސާފުކޮށްދޭގޮތަށް ހަމަޖެހިފައި ނުވެއެވެ. އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
23 ޝައްވާލް 1440
26 ޖޫން 2019