ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ ސ.ހިތަދޫ ކެމްޕަހުގައި ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުން ވެއްޖެ.
1. މޯލްޑިވްސް ޕޮލިޓެކްނިކުގެ ސ.ހިތަދޫ ކެމްޕަހުގައި ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން
(ނަންބަރު: (IUL)213-AD/1/2019/35 ) އާއި ގުޅިގެން ބިޑު ހުށައެޅި ފަރާތްތަކުން ބިޑާއެކު ހުށައަޅަންޖެހޭ ހުރިހާ ލިއުމެއް ހުށައަޅާފައި ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25 ޖޫން 2019 އިން 4 ޖުލައި 2019 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖުލައި 4 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޖޫން 7 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ 1 ފަންގިފިލާގެ މީޓިންގ ރޫމްގައެވެ.
5. މި ބީލަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ހީރާސްކުރެވިފައިވާނެއެވެ.
6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މޯލްޑިވްސް ޕޮލިޓެކްނިކް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: 3305420
އީ-މެއިލް: [email protected]
އައްޑޫ އިން ނަމަ :
މޯލްޑިވްސް ޕޮލިޓެކްނިކްގެ ސ.ހިތަދޫ ކެމްޕަސް
ސ.ހިތަދޫ ، ދިވެހިރާއްޖެ
ފޯން: 7720262