ދިވެހިރާއްޖެ
ހާފިޒު އަހުމަދު ސްކޫލް
ފުވައްމުލައް، ދިވެހިރާއްޖެ
ނަންބަރ: IUL)GS-74/GS-74/2019/15)
އިޢުލާނު
މަޤާމް: |
މަސައްކަތު |
މަޤާމުގެ ނަންބަރު: |
J-132425 |
ބޭނުންވާ އަދަދު: |
01 ( އެކެއް ) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހާފިޒު އަހުމަދު ސްކޫލް / ޏ. ފުވައްމުލައް |
މުސާރަ: |
-/3100 ރ |
ސަރވިސް އެލެވަންސް: |
-/1000 ރ |
ސަޕޯޓިންގ ކޯ އެލަވަންސް |
-/1200 ރ |
އެހެނިހެން އެލަވަންސް: |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ހަމަޖެހިފައިވާ އުސޫލުން ސްކޫލްގެ ގޯތިތެރެއާއި މަގުމަތިން ހަވާލުކުރެވިފައިވާ ސަރަހައްދު ކުނިކަހައި ސާފުކުރުން - ކުލާސްތަކުގެ ދޮރު، ކުޑަދޮރު،ފަންކާ ފަދަ ތަކެތި ސާފުކުރުމާއި ފަރުނީޗަރުތައް ހިރަފުސްފޮޅާ ސާފުކޮށް ތަރުތީބުކޮށް ބެލެހެއްޓުން. - ދަރިވަރުންނާއި މުވައްޒަފުން ބޭނުންކުރާ ފާޚާނާ ސާފުކުރުން. - ހަވާލުކުރެވިފައިވާ ސަރަހައްދުގައި ވިނަނޮޅަންޖެހޭ ތަނެއްވާނަމަ ވިނަނޮޅާ ސާފުކުރުން. - ސްކޫލްގެ އެކިއެކި ރަސްމިއްޔާތުތަކަށް ސްކޫލް ތައްޔާރުކުރުމުގައި އެހީތެރިވުން. - ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުންހަވާލުކުރެވޭ މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
ނޯޓު: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، ސެޓްފިކެޓްގެ ކޮޕީ 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތައުލީމާއި ތަމްރީން - މަސައްކަތުގެ ތަޖުރިބާ - ލިބިފައިވާ ހުނަރު |
މަޤާމަށްއެދެންވީގޮތާއިސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 4 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހާފިޒު އަހުމަދު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:
|
މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 5 ޖުލައި 2019 އާއި 11 ޖުލައި 2019 އާއި ދެމެދު، ހާފިޒު އަހުމަދު ސްކޫލް އޮފީހުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން މިތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
(މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓް ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ (6861989) އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ (6861990) އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
22 ޝައްވާލް 1440
25 ޖޫން 2019