ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މައްކާގައި ބާއްވާ 41 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމާބެހޭ

އިޢުލާން

މައްކާގައި ބާއްވާ 41 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމާބެހޭ

 

ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި 2019 ސެޕްޓެމްބަރ މަހުގެ 07 އިން 11 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 41 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވާނީ 1 ބައިވެރިއެކެވެ.

ބައިވެރިވުމުގެ ޝަރުޠު

  1. މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ނުވުން.
  2. ފިރިހެނަކު ކަމުގައިވުން.
  3. 25 އަހަރު ފުރިފައިނުވުން

މުބާރާތުގައި ބައިވެރިވެވޭނެ ގޮފިތައް

  1. މުޅިޤުރްއާން ހިތުދަސް ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.
  2. ވިދިވިދިގެން ( ތަރުތީބުން ) 15 ފޮތް ހިތުދަސް ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ 2 ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 30 ޖޫން 2019 ވާ އަދީއްތަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވުން އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީ ނުވަތަ ފެކްސް ފޮނުއްވުން އެދި ދަންނަވަމެވެ.

ނޯޓް:މި މުބާރާތުގެ އެއްވެސް ބައިވެރިއެއްގެ އެހީތެރިއަކަށް ނުވަތަ ބެލެނިވެރިއަކަށް ޚަރަދު ކުރުމަށް ހަމަޖެހިފައެއް ނުވެއެވެ.  

24 ޖޫން 2019
ހޯދާ