ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: MMS-A/2019/13
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހިންގާ މަޝްރޫއެއްގައި އައްޑޫ ސިޓީގެ ހިތަދޫގައި 10 މީޓަރުގެ އެންޓަނާއެއް ޖެހުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
އިޓަލީ ސަރުކާރުގެ ހިލޭ އެހީގެދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހިންގާ މަޝްރޫޢެއްގައި، އައްޑޫ ސިޓީގެ ހިތަދޫގައި 10 މީޓަރުގެ އެންޓަނާއެއް ޖެހުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ސަރވިސްގެ ފަރާތުން މިކަމަށް ތައްޔާރުކޮށްފައިވާ ކުރެހުމާއި އަދި ދޭ މަޢުލޫމާތާއި އެއްގޮތަށް އެންޓަނާ ހަރުކުރުމަށް ބޭނުންވާ ކޮންކްރީޓް ފައުންޑޭޝަން އެޅުމާއި، މާލެ ސިޓީގެ އިންޑަސްޓްރިއަލް ޒޯނުގައިވާ ވެމްކޯގެ ސަރަހައްދުން ފެށިގެން އެންޓަނާ ހަރުކުރުމަށް ހަމަޖެހިފައިވާ ތަނަށް އެންޓަނާއާއި އެއާގުޅޭ އާލާތްތައް ގެންގޮސް، އެންޓަނާ ހަރުކުރުމުގެ މަސައްކަތް ކުރެވޭނެ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން
މިކަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި އައްޑޫ ސިޓީގެ ގަމުގައި ހުންނަ ގޭން މީޓިއޮރޮލޮޖިކަލް އޮފީހުގައެވެ. މި މަސައްކަތާގުޅޭ ކުރެހުންތަކާއި މުހިންމު މަޢުލޫމާތު ކަރުދާހެއް މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން
އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 ޖުލައި 4 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އައްޑޫ ސިޓީގެ ގަމުގައި ހުންނަ ގޭން މީޓިއޮރޮލޮޖިކަލް އޮފީހުގައެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.