ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނަރުދަމާގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް
- ތިރީގައި ދެންނެވިފައިވާ ކަންތައް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަސައްކަތް |
ސްކޫލް ފާހާނާއާއި ފެންހިންދާ ނިޒާމުގެ ހޮޅިތައް ގުޅައި ދާގަންޑު ޖަންގްޝަންތައް ހަދައި އިންސްޕެކްޝަން ޗެމްބަރ ތަކާއި ގުޅުން. |
- މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 2019 ޖުލައި 02 ވާ އަންގާރަ ދުވަހުގެ 13:15 ގައި، މިސްކޫލްގެ ކޮމްޕިޔުޓަރ ލެބްގައެވެ. އަދި މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ޖުލައި 03 ވާ ބުދަ ދުވަހުގެ 13:15 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2019 ޖުލައި 08 ވާ ހޯމަ ދުވަހުގެ 13:15 ގައި، މިސްކޫލްގެ ކޮމްޕިޔުޓަރ ލެބްގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަންދާސީހިސާބު ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށައަޅާ ބީލަމާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު
ފޯން: 6580097
އީމެއިލް: [email protected]
24 ޖޫން 2019
ހޯދާ