ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫން ގޯތި ދޫކުރުމުގެ ފުރުޞަތު ހުޅުވާލުން

ނިލަންދޫން ގޯތި ދޫކުރުމުގެ ފުރުޞަތު ހުޅުވާލުން.

 

1. ނިލަންދޫން 2,800 (ދެހާސް އަށްސަތޭކަ) އަކަފޫޓުގެ 20 ގޯއްޗާއި 2,625 (ދެހާސް ހަސަތޭކަ ފަންސަވީސް) އަކަފޫޓުގެ 8 ގޯތި ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ. ގޯތިތައް ދޫކުރަނީ، ނިލަންދޫ ގަބުރުސްތާނުގެ ހުޅަނގު އުތުރު، ޝާހިލް ގޯތީގެ އިރުން، ފެހިމަލަ ގޭ ދެކުނުގައިވާ ސަރަޙައްދުން 2,800 (ދެހާސް އަށްސަތޭކަ) އަކަފޫޓުގެ 10 ގޯއްޗާއި ފެންޕްލާންޓުގެ އުތުރުން، ރަންފަރު ގޯތީގެ ހުޅަނގުން، ހުވަނދުގޭ ދެކުނު ސަރަޙައްދުން 2,625 (ދެހާސް ހަސަތޭކަ ފަންސަވީސް) އަކަފޫޓުގެ 8 ގޯއްޗާއި، ވެލިގޭ ދެކުނުން، ޚަޠީބު މަގުގެ ހުޅަނގު ސަރަޙައްދުން 2,800 (ދެހާސް އަށްސަތޭކަ) އަކަފޫޓުގެ 10 ގޯއްޗެވެ.

2. މި ފަހަރު ގޯތި ދޫކުރަނީ ސަރުކާރުން އެކުލަވާލައި ޢާއްމުކުރައްވާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި 19 ޖޫން 2019 ގައި ކައުންސިލުން ފާސްކޮށްފައިވާ، ނިލަންދޫން ގޯތި ދޫކުރުމުގެ އުޞޫލު ގައިވާ ގޮތުގެމަތިން ގޯތި ހޯދުމަށް އެދޭ، ގޯތި ލިބުމުގެ ޝަރުޠު ހަމަވާ މީހުންގެ ތެރެއިން އެންމެމަތިން ޕޮއިންޓުލިބޭ 28 (އަށާވީސް) ބޭފުޅުންނަށެވެ.

3. 19 ޖޫން 2019 ގައި ކައުންސިލުން ފާސްކުރި، "ނިލަންދޫން ގޯތި ދޫކުރުމުގެ އުޞޫލު" މި އިޢުލާނާއެކު ޢާއްމުކުރަމެވެ.

4. މިފަހަރު ދޫކުރާ ގޯތިތަކުގެތެރޭގައިކުއްޔަށް ގޯތި ދޫކުރުން ހިމެނިފައެއް ނުވާނެއެވެ.

ވީމާ، ނިލަންދޫން ގޯތި ހޯއްދެވުމަށް ބޭނުންފުޅުވާ ބޭފުޅުން، "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކުރައްވައި 2019 އޮގަސްޓް 24 (ސައުވީސް) ވަނަ ދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

"ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" މިއިދާރާއިން ލިބޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް (www.fncl.gov.mv) އާއި ފޭސްބުކު ޕޭޖުން (Faafu Nilandhoo Council Idhaaraa) ނެގެން ހުންނާނެއެވެ.      

 

21 ޝައްވާލު 1440

24 ޖޫން    2019

24 ޖޫން 2019
ހޯދާ