ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރު ހިޔާ ހެދުމާގުޅޭ

                                                                           ނަމްބަރ:IUL)254/254/2019/15) 

އިޢުލާން

ދަތުރު ހިޔާ ހެދުމާގުޅޭ

 

މިއިދާރާއިން ކޮށްފައިވާ ނަންބަރ:  (IUL)254/254/2019/4 އިޢުލާނަށް ހުށަހަޅާފައި އަންދާސީ ހިސާބުތައް ބޮޑުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ތަކަންދޫ ބަނދަރު ސަހައްދުގައި އަމިއްލަ ތަކެތީގައި  ދަތުރު ހިޔާ އަޅައިދޭނެ  ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނި އަދި ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށް ދިނުމުގެ ޕްރީބިޑް ބައްދަލުވުން 30 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ.

 މަޢުލޫމާތު ސާފުކުރި ފަރާތްތަކަށް  އަންދާސީ ހިސާބު ހުށައަޅާ ފޯމު ދޫކުރެވޭނެއެވެ.  އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުން ފޯމް ސިޓީ އުރާގައި ބަންދު ކުރެއްވުމަށްފަހު 07 ޖުލައި 2019 ވާ އާދިއްތަ ދުވަހު 10:30  އަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުގެ ފޯމް ކެނޑުން ހުށައަޅާ ފަރާތް ތަކުގެ ޙާޟިރުގައި އޮންނާނެވެ.

މަސައްކަތް ކުރަންއެދޭ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު ޖައްސަވާ  ސިޓީ އާއި އެކު އައިޑީ ހިއްޕަވައިގެން ޙާޟިރުވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު  ބަލައެއް ނުގަނެވޭނެއެވެ.

24 ޖޫން 2019
ހޯދާ