މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ރީޖަނަލް މެނޭޖަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ރީޖަނަލް މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ

އަސާސީ މުސާރަ:

11,600.00 ރުފިޔާާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: 6960 ރުފިޔާ

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓު ލެވެލް ކޯހެއް ހާސިލްކޮށްފައިވުން. ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 06 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމްގެ މަސްއޫލިއްޔަތުތައް

-  ކޫއްޑޫ ސެންޓަރު ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތުތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ- މަސްވެރިކަމާއި ގުޅުންހުރި ދާއިރާއެއްގައި އުޅެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާ އަދާކުރާތަން ނިސްބަތްވާ އަތޮޅުގެ ރައްޔިތުންނާއި ގުޅުންހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ. ހުށަހަޅާ ޕްރެޒެންޓޭޝަން.

ބ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ޅ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.

ކ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.

އ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.                            

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

-  އިންޓަރވިއު -------------%20

-  ޕްރެޒެންޓޭޝަން------------%30

-  ތަޢުލީމީ ފެންވަރު----------%20

-  މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

-  ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް.

-  އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ 01 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.  

 

 

-  ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

23 ޖޫން 2019

23 ޖޫން 2019
ހޯދާ