ދިވެހިރާއްޖެ
އިޢުލާން
ށ. ގޮއިދޫ މަސްޖިދުލް ރިޟްވާންގެ އިސްކޫރުބަރި މަރާމާތު ކުރުން
މިކައުންސިލުންދޭ ކުރެހުމާއި އަދި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސްޖިދުލް ރިޟްވާނުގެ އިސްކޫރުބަރި މަރާމަތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. " އަންދާސީ އަގު ހުށައަޅާ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއިއެކު ބިޑް އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލްތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން
03 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:00 އަށް.
އަންދާސީ ހިސާބު ހުށަހެޅުން
07 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
މިކަމާއި ބެހޭއިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު9606540043+ ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
23 ޖޫން 2019