ދިވެހިރާއްޖެ
އިޢުލާން
ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތަކުގައި ހެދޭ ގަހާއި ވިނަ ކޮށައި ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުން:
20 ޖޫން 2019 އިން 19 ޖޫން 2020 ގެ ނިޔަލަށް ގދ. ނަޑެއްލާ ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތަކުގައި ހެދޭ ގަހާއި ވިނަ ކޮށައި ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރައިގެ ނަންބަރު: (IUL)418-AS/418/2019/22 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ މަސައްކަތް ކުރުމަށް ބިޑު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް 15 ޖުލައި 2019 އިން 14 ޖުލައި 2020 ގެ ނިޔަލަށް ގދ. ނަޑެއްލާ ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތަކުގައި ހެދޭ ގަހާއި ވިނަ ކޮށައި ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދިނުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކޮށްދިނުން: 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި.
- އަންދާސީ ހިސާބު ބަލައިގަތުން: 03 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:00 ގައި.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޝައްވާލް 1440
23 ޖޫން 2019