ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙަދުން ނެގޭ ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް

މިރަށުގެ އިޖުތިމާޢީ ސަރަޙައްދާއި ކައުންސިލުން އަންގާ މިނޫންވެސް ސަރަޙައްދުތައް ކުނިކަހާ ނޮޅާ ސާފުކުރުމުން އެތަންތަނަށް ޖަމާކުރާ ކުނިތައް މިކައުންސިލުން އަންގާ ގޮތެއްގެ މަތީން 01 އަހަރު ދުވަހުގެ މުއްދަތަށް، ހަފްތާއަކު 02 ދުވަހު ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.  

 

ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 01 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ. މިމަސައްކަތަށް މީހަކު ހޮވާނީ އެކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބު ތަކަށް ބަލައި މާކްސް ދީގެންނެނެވެ. އަދި މާކްސް ދެވޭނެ އުޞޫލް މަޢުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ.

އަދި މި އިދާރާގެ ނަމްބަރު (IUL)257/257/2019/18 (17 އޭޕްރީލް 2019)އިޢުލާން އާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ވަނީ ބާތިލްކުރެވިފައެވެ.

 

 

                      20 ޝައްވާލް 1440

                      23  ޖޫން 2019                    

             

23 ޖޫން 2019
ހޯދާ