ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: 32(IUL)120/1/2019/

 

އިޢުލާން

 

ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

މިޑިޕާޓްމަންޓުން އިންތިޒާމުކުރާ އިމްތިހާނުތަކުގެ ސުވާލު ކަރުދާސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގެންދިއުމާއި، ޖަވާބު ކަރުދާސް ގެނައުމާއި، އިމްތިޙާނުތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ދަތުރުތައް ކުރުމަށް، 1 އަހަރު ދުވަހުގެ މުއްދަތައް ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު: (IUL)/120/1/2019/27 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ޖޫން 26 ވާ ބުދަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖުލައި 03 ވާ ބުދަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގެ މީޓީންގ ރޫމުގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް ޙާޟިރުވާ  ފަރާތްތަކަށް އެކަންޏެވެ.

20 ޝައްވާލް 1440

23  ޖޫން   2019

23 ޖޫން 2019
ހޯދާ