ދިވެހިރާއްޖެ
ނަންބަރު: (IUL)P2C/2019/54
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގައި ވޯކްވޭއެއް ހަދައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު (IUL)P2C/2019/52 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އެސްޓިމޭޓް ލިބިފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 30 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މަޢުލޫމާތު ނެންގެވި ކޯޓަކަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.