ދިވެހިރާއްޖެ
ނަންބަރު: 56/2019/(IUL)P2C
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ގއ.ނިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ ދޮރުފޮތި ފަހައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 12/2019/(IUL)P2C އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތު ޝީޓަށް ބަދަލުގެންނަށް ޖެހުމުން އެއިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް ގއ.ނިލަންދޫ މެޖިސްޓްރޭޓު ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 30 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ގއ.ނިލަނދޫ މެޖިސްޓްރޭޓު ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.